މަޤާމު:
|
އެސިސްޓަންޓް ޑިރެކްޓަރ (އެމް.އެސް 3)
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން:
|
އެސިސްޓަންޓް ޑިރެކްޓަރ
|
މުސާރަ:
|
7,035.00 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ކ. މާލެ
|
ސެކްޝަން:
|
ކޯޕަރޭޓް އެފެއަރޒް ޑިވިޜަން/ އެޑްމިން ސެކްޝަން
|
މަޤާމުގެ ޝަރުތު:
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މި މިނިސްޓްރީގެ ސެކިއުރިޓީގެ ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް މޮނިޓަރކުރުން.
- މިނިސްޓްރީއަށް ބޭނުންވާ އެސެޓް އަދި އެހެނިހެން ތަކެތި ހޯދައި، ސްޓޮކުން ދޫކުރަންޖެހޭ ތަކެތި ދޫކުރުމުގެ މަސައްކަތް މޮނިޓަރކުރުން.
- މެއިންޓަންނަސްއާ ބެހޭ މަސައްކަތްތައް، ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއް ގޮތަށް ކުރުވާ މަސައްކަތްތައް މޮނިޓަރކުރުން.
- މިނިސްޓްރީގެ މަރާމާތުގެ މަސައްކަތް ރާވައި ހިންގުމާއި، މަސައްކަތްތައް މޮނިޓަރކުރުން.
- ޕްރޮކިއުމަންޓް، މެއިންޓަނަންސް އަދި ސެކިއުރިޓީ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
|
އުޖޫރަ އާއި އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ
ފިނޭންސް އެލަވަންސްގެ ގޮތުގައި %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.
އާސަންދަ (ހެލްތު އިންޝުރަންސް)
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސާރޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން).
|
ސުންގަޑި:
|
24 ފެބުރުވަރީ 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|
19 ރަބީޢުލްއާޚިރު 1436
|