ދިވެހިރާއްޖެ
ޢިއުލާން
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ:
ޤާނޫނު ނަންބަރު : 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ،ބ) ގައި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ދަފްތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމްކުރާތީ، މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ދަފްތަރު އެކުލަވާލުމަށްޓަކައި ބޭނުންވާ "ބިދޭސީންގެ ދަފްތަރު ފޯމް" މި ކައުންސިލް އިދާރާއިން ލިބެން ހުއްނާނެއެވެ.
މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއި ބެހޭ މުވައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއި މެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.
19 މުޙައްރަމް 1445