ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ޕަވަރހައުސް ގައި ހުރި 2 ސައިލެންސަރާއި އެއާއި ގުޅޭ ސާމާނު ވ. ފެލިދޫ އިންޖީނުގެއަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                  

                                                       އިޢުލާން ނަންބަރ: H/IUL/2023/208

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

 

މި ކުންފުނީގެ މާލެ ޕަވަރހައުސް ގައި ހުރި 2 ސައިލެންސަރާއި އެއާއި ގުޅޭ ސާމާނު ވ. ފެލިދޫ އިންޖީނުގެއަށް ގެންގޮސްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2023 އޮގަސްޓް 08 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

 

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށާއި މިފަދަ މަސައްކަތްތައް ވޭތުވެދިޔަ 03 އަހަރު ދުވަހު ތެރޭގައި ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

 

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 80 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 80x

މުއްދަތު: 15 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 15x

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2023/208

 

 

ބިޑް ހުޅުވުން:ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

 

19 މުހައްރަމް 1445    

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 

06.08.2023

06 އޮގަސްޓް 2023
ހޯދާ