ދިވެހިރާއްޖެ
ތިރީގައިވާ މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ސްކޫލްގައި ހަރުކުރެވިފައި ހުރި އެއަރަ ކޮންޑިޝަނަރތަކުގެ ތެރެއިން 3 އެއަރ ކޮންޑިޝަނަރ އަށް ދިމާވެފައިވާ މައްސަލަތައް ބަލައި ސަރވިސްކުރުން
- ސްކޫލުން އެއަރކޮންޑިޝަން ފޯރުކޮށްދިނުމުން ސައުންޑްރޫމްގައި 01 (އެކެއް) އެއަރކޮންޑިޝަނަރ އިންސްޓޯލްކުރުން
- ސްކޫލްގެ އެކި ސަރަޙައްދުތަކުގައި ހުރި ގަސް ބުޑުތައް ނެގުން (25 ގަސް ބުޑު)
- ގަސް ބުޑު ނަގަންވާނީ އައު ގަހެއް އެތަނުގައި ހެއްދޭނެ މިންވަރަށް ގަހުގެ ބުޑުގެ ވަށައިގެންވާ ސަރަޙައްދު ކޮނެ ގަހުގެ މޫތައް ކަނޑައި ނަގައިގެންނެވެ. އަދި މަސައްކަތްކުރުމުގައި ސްކޫލްގެ ޢިމާރާތާއި ޢިމާރާތުގެ ވަށާ ފާރަށް ގެއްލުމެއް ނުލިބޭނެގޮތަށް މަސައްކަތްކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮގަސްޓު 8 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
1- ކޮންމެ މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
2- މަސައްކަތަށް ހޭދަވާނޭ މުއްދަތު ބާޔާންކުރުން
3- އަގު ހުށަހެޅުމަށް ދުރުވާ ފަރާތުގެ އައި.ޑީ.ކާޑު ގެނައުން
4- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.