އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 - ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކުރުން
(IUL)38-DC/38/2023/352 :ނަންބަރ
އިޢުލާން
ރިޔާސީ އިންތިޚާބު 2023
ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކުރުން
2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި، 2023 އޮގަސްޓު 5 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
05 އޮގަސްޓް 2023
ހޯދާ