ދިވެހިރާއްޖެ
ކާޕެންޓަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް
ވަޒީފާއަދާކުރަންޖެހޭ ތަން:
ތިލަފުށި
ތައުލީމީ ފެންވަރާއި ތަޖުރިބާ:
• އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، ވަޑާމުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)
• މަސައްކަތާއި ގުޅުންހުރި ސަނަދެއް / ލައިސެންސްއެއް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަންގެ ޕްރޮޖެކްޓްތަކުގެ ވަޑާމާއިބެހޭ އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ވަޑާމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން. މީގެ ތެރޭގައި ހަރުގަނޑު، ބެންޗް، ޕާޓިޝަން ފަދަ ފަރުނީޗަރު ޑިޒައިންކޮށް، ހެދުމާއި، މަރާމާތު ކުރުން.
• މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
• ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން.
• މަސައްކަތުގައި ގެންގުޅެންޖެހޭ އިކުއިޕްމަންޓާއި މެޝިންތައް ބޭނުންކުރަން އެނގުން.
• ކުރެހުންތަކާއި ބްލޫޕްރިންޓް އަދި ޑްރާފްޓްސް ކިޔަން އެންގުން.
• މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• ކާޕެންޓްރީ މަސައްކަތް ރަނގަޅަށް ދަންނަ މީހެއްކަމުގައިވުން.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
މުސާރަ: 12،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
...........................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
• އައިޑީ ކާޑު ކޮޕީ
• ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
• ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
• ވަނަވަރު
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 10 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އަރބަންކޯ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (https://jobs.urbanco.mv)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.