މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އޭރޯޑްރޯމްސް އިންސްޕެކްޓަރ

މަޤާމް:

އޭރޯޑްރޯމްސް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

02

ސެކްޝަން:

އެއާނެވިގޭޝަން އެންޑް އޭރޯޑްރޯމްސް ސެކްޝަން

އަސާސީ މުސާރަ:

8,835.00 ރ

ސާވިސް އެލަވަންސް:

4،000.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

3,975.75 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

13,500.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. ސިވިލް އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

2. ސިވިލް އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއެކު އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

3. ސިވިލް އިންޖިނީއަރިންގް ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

4. ސިވިލް އިންޖިނީއަރިންގް ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއެކު އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

5. އޭޓީސީ ލައިސެންސް މަދުވެގެން 2 ރޭޓިންގްއާއި އެކު  ލިބިފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

6. އޭޓީސީ ލައިސެންސް މަދުވެގެން 2 ރޭޓިންގްއާއި އެކު  ލިބިފައިވުމާއެކު އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

7. ސީޕީއެލް ލައިސެންސް ލިބިފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

8. ސީޕީއެލް ލައިސެންސް ލިބިފައިވުމާއެކު އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

9. އެރޮޑްރޮމްސް އާއި ގުޅޭ 2 އޭރިއާއަކުން  ޓްރޭނިންގްސް ހާސިލްކޮށްފައިވުމާއެކު މަދުވެގެން 7 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

ނުވަތަ

10. އެރޮޑްރޮމްސް އާއި ގުޅޭ 2 އޭރިއާއަކުން  ޓްރޭނިންގްސް ހާސިލްކޮށްފައިވުމާއެކު އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިހާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އޭރޯޑްރޯމްސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ICAO އެނެކްސް 14 ގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަަރަށް އެހީތެރިވުން
  3. ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ސިވިލް އޭވިއޭޝަން ރެގިއުލޭޝަންސްގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރިތޯބަލާ ޗެކްކުރުން
  4. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކަޑައެޅިފައިވާ ގޮތަށް ޤަވާއިދުން ކުރުމުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
  5. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯރޓްތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުން
  6. އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުން
  7. ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަންތަނުގެ ސަލާމަތީ ފެންވަރު ބެލެހެއްޓުމުގެ ގޮތުން އިންސްޕެކްޓް ކުރުން.
  8. ވައިގެ ބަނދަރުތައް ހިންގާ ފަރާތްތަކުން ޢަމަލުކުރާ 'ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް' ދިރާސާކޮށް ބެލެހެއްޓުމުގައި . ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
  9. ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބަލާ ތަހްގިގް ކުރުމުގައި އެހިީތެރިވުން
  10. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންްމުން  އަދި އެރޮޑްރޯމްސް މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވުން
  11. އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

16 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
03 އޮގަސްޓް 2023
ހޯދާ