މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

ލީގަލް ސެކްޝަން

އަސާސީ މުސާރަ:

10,100.00 ރ

ސާވިސް އެލަވަންސް:

3,500.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

4,545.00 ރ

ޖޮބް ސްޕެސިފިކް އެލަވަންސް:

5,500.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާއިން ބެޗެލާސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު ޤާނޫނީ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ޤާނޫނީ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި އޭވިއޭޝަން ޤާނޫނުތަކާބެހޭ ޢިލްމު ލިބިފައިވުމަކީ އިސްކަންދެވޭނެކަމެކެވެ. އަދި އޭވިއޭޝަންދާއިރާގައި ލިބިފައިވާ ޤާނޫނީ ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ލީގަލް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 2/2001  ގެ ދަށުން މަދަނީ ވައިގެދަތުރުފަތުރާ ގުޅޭ ގޮތުން ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި އިސްލާހުކުރުމާއިި ހިންގާ، ވިލަރެސް ކޮށް ބެލެހެއްޓުން
  3. ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަގްވާމީ ވައިގެދަތުރުފަތުރާބެހޭ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ ވައިގެދަތުރުފަތުރާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް ޤާނޫނުތަކާއި އެއްގޮތަށް ހެދުމާއި ހުރިތޯބަލައި ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އިސްލާހުކުރުން
  4. ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ރާއްޖެ އާއި ބޭރުގައުމުތަކާއި ބައިނަލް އަގްވާމީ ޖަމްޢިއްޔާތަކާއި އެކު އެއްބަސްވެ ސޮއިކުރެވޭ އެއްބަސްވުންތަކާއި ލިއުންތަށް ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްތޯ ބަލާ، ހެދުމާއި ވިލަރެސްކޮށް ބެެލެހެއްޓުން
  5. ރާއްޖޭގެ ވައިގެދަތުރުފަތުރާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފްވާ ފަރާތްތަކާ ބެހޭގޮތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމާބެހޭ ގޮތުން މަޝްވަރާދީ، އެފަދަ ކަންކަން އިންތިޒާމް ކޮށް ތަންފީޒު ކުރުން
  6. ރާއްޖޭގައި ރަޖިސްޓްރީ ކުރާ ވައިގެ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމާއި އެފަދަ އުޅަނދު ފަހަރުގެ މޯގޭޖް ރަޖިސްޓްރީ ކުރުމާބެހޭ ގޮތުން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލާ ލަފާދިނުން
  7. ވައިގެ ދަތުރުފަތުރާއި ގުޅޭގޮތުން ބައިނަލް އަޤްވާމީ އަދި އޮފީހުން ކުރާ އޯޑިޓުތަކާއި އިންސްޕެކްޝަންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުމާއި ހިންގުން
  8. މީގެ އިތުރުންވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މަސައްކަތްތަކުގައި ބޭނުންވާ ގާނޫނީ ލަފައާއި އިރުޝާދު ދިނުން
  9. ވައިގެ ދަތުރުފަތުރާބެހޭ ގޮތުން ޝަރުޢީ ކަންތައްތަކުގައި ނުވަތަ ޝަރުޢީ ކޯޓު ތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ތަމްސީލު ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

16 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
03 އޮގަސްޓް 2023
ހޯދާ