ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ/ ކޯޕަރޭޓް ސަރވިސަސް

 ވަޒީފާގެ ފުރުސަތު

 ތާރީޚް

 16 މުޙައްރަމް 1445

 03 އޮގަސްޓް 2023

 ނަންބަރު

 179-3.3/1/2023/31(IUL)

 މަޤާމް:

 ސީނިއަރ އޮފިސަރ

 ވަޒީފާގެ ބާވަތް

 ދާއިމީ

 މަސައްކަތް ކުރަންޖެހޭ ތަން

 ކޯޕަރޭޓް ސަރވިސަސް/ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 މުސާރަ އާއި އެލަވަންސް

 -/11,500ރުފިޔާ އާއި -/ 13,000 އާ ދެމެދު

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 އތުރުގަޑީގެ ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުތު

  •  ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް  ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން؛ ނުވަތަ
  • ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް  ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ މަގާމެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 މައިގަނޑު މަސައްކަތާއި

 ޒިންމާތައް

  • ‏ އޮފީހުގެ ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން
  •  އޮފީސް ފެސިލިޓީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، މެއިންޓެނެންސް ބޭނުންތައް   ދެނެގަތުން.
  •  ސްޓޮކް ބެލެހެއްޓުމާއި ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  •  ބައްދަލުވުންތަކާއި އެޕޮއިންޓްމަންޓްތަކާއި އިވެންޓްތައް އިންތިޒާމް ކުރުމުގައި   އެހީތެރިކަން ފޯރުކޮށްދިނުން
  •  އޮފީހުގެ ރިކޯޑްސް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

 ޕޮއިންޓް ދޭނެ މިންގަނޑުތައް

  • ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ  (% 15)
  • ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ  (% 15)
  • އިންޓަރވިއު  (ކަނޑައެޅިފައިވާ އިންސައްތަ  (% 25)
  • ޕްރެކްޓިކަލް އެސެސްމަންޓް ކަނޑައެޅިފައިވާ އިންސައްތަ(% 45)

 އެޕްލިކޭޝަން ސުންގަޑި

  • 17 އޮގަސްޓް 2023 ގެ 11:00 ގެކުރިން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • އެޕްލިކޭޝަން ފޯމު
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

 އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 އެޕްލިކޭޝަން ހުށަހެޅުން

 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

  ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ   ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް   ހަމަޖެއްސުމުގެ   އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

03 އޮގަސްޓް 2023
ހޯދާ