ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ/މާރކެޓް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

 ވަޒީފާގެ ފުރުސަތު

 ތާރީޚް

 16 މުޙައްރަމް 1445

 03 އޮގަސްޓް 2023

 ނަންބަރު

 IUL)179-3.3/1/2023/30)

 މަޤާމް:

 އެސިސްޓެންޓް މެނޭޖަރ

 ވަޒީފާގެ ބާވަތް

 ދާއިމީ

 މަސައްކަތް ކުރަންޖެހޭ   ތަން

 މާރކެޓް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް/ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

 މުސާރަ އާއި   އެލަވަންސް

 -/14,500ރުފިޔާ އާއި -/16,000 އާ ދެމެދު

 ޑެއިލީ އެލަވަންސް

 އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

 އިތުރުގަޑީގެ ފައިސާ

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަޤާމުގެ ޝަރުތު

            

ކޮމިއުނިކޭޝަންސް/މީޑިއާ ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު މީޑިއާ ގުޅޭ 

މަގާމެއްގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން 

ނުވަތަ 

 ކޮމިއުނިކޭޝަންސް/މީޑިއާ ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއިއެކު މީޑިއާ ގުޅޭ   މަގާމެއްގައި 06 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 

 

 މައިގަނޑު   މަސައްކަތާއި

 ޒިންމާތައް

  1. ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ހާލަތްތައް ބަދަލުވަމުން އަންނައިރު މި ހާލަތްތަކަށް ރިޢާޔަތްކޮށް، އޮތޯރިޓީގެ ދުވެލި މި ބަދަލުތަކާއި އެއްހަމަ ކުރުމަށްޓަކައި ނޫސްވެރިކަމުގެ ތެރެއިން ހުރި ފަހިފުރުޞަތުތައް ދެނެގަތުން.
  2.  ކެޕިޓަލް މާކެޓާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ނޫސްބަޔާން، ޝޯޝަލް މީޑިއާ، ވެބްސައިޓް އަދި އެހެނިހެން މިޑީއާގެ ވަސީލަތްތަކަށް ތައްޔާރުކުރަންޖެހޭ ލިޔެކިއުންތައް އުފައްދާ ތައްޔާރުކުރުން. މިގޮތުން ފޯރުކޮށްދެވޭ މެސެޖްތައް އޮތޯރިޓީގެ ސްޓްރެޓެޖިކް ޕްލޭނާ ދިމާވޭތޯ ކަށަވަރުކުރުން.
  3.  އޮތޯރިޓީގެ ފަރާތުން ބާއްވަންޖެހޭ ޕްރެސް ކޮންފަރެންސްތަކާއި މީޑިއާ ބްރީފިންގތައް އިންތިޒާމްކޮށް ރޭވުން.
  4.  އޮތޯރިޓީގެ ފަރާތުން މީޑިއާގެ ޒަރީއާއިން ހިންގާ ކެމްފޭންތަކާއި އެހެނިހެން ހަރަކާތްތައް މޮނިޓަރކޮށް ބަލަހައްޓާ އަދި އެ ހަރަކާތްތަކާއި ކެމްޕޭންތަކުގެ ރިޕޯޓް އެކުލަވާލުން.
  5. އޮތޯރިޓީގެ ޝޯޝަލް މީޑިއާ ޕްރޮފައިލް އެކުލަވާލައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގެ ޒަރީއާއިން، އޮތޯރިޓީގެ ސޯޝަލް މީޑިއާ ޕްރޮފައިލް ތަރައްޤީކޮށް ކުރިއެރުވުން.
  6.  އޮތޯރިޓީގެ މަންފާ އިތުރުކޮށް، އައު އުސްމިންތަކަކަށް ވާސިލްކޮށްދޭނެފަދަ މީޑިއާގެ ހަރަކާތްތަކުގައި ބައިވެރިވެ އޮތޯރިޓީ ތަމްސީލުކުރުން.
  7.  މީޑިއާގެ ނުފޫޒުގަދަ ފަރާތްތަކާއި ގުޅުންބަދަހިކޮށް، އެފަރާތްތަކާއި ގުޅިގެން އޮތޯރިޓީގެ ލާބައާއި މަންފާއަށް ކުރެވެންހުރި އެންމެހައި ކަންތައްތަކެއް ކުރުން.
  8.  އޮތޯރިޓީގެ މީޑިއާ ބަޖެޓް މެނޭޖްކޮށް އެކަށީގެންވާގޮތެއްގައި ބެލެހެއްޓުން.
  9.   އޮތޯރިޓީގެ މީޑިއާ އޮފިސަރެއްގެ ގޮތުން އާދާކުރަންޖެހޭ އެންމެހައި މަސްޢޫލިއްޔަތެއް ފުރިހަމައަށް އަދާކުރުން.

 ޕޮއިންޓް ދޭނެ   މިންގަނޑުތައް

  •    ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ  (% 15)
  •    ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ  (% 15)
  •    އިންޓަރވިއު  (ކަނޑައެޅިފައިވާ އިންސައްތަ  (% 25)
  •    ޕްރެކްޓިކަލް އެސެސްމަންޓް ކަނޑައެޅިފައިވާ އިންސައްތަ(% 45)

 އެޕްލިކޭޝަން ސުންގަޑި

    17 އޮގަސްޓް 2023 ގެ 11:00 ގެކުރިން

 

 ހުށަހަޅަންޖެހޭ   ލިޔުންތައް:

 

  •   އެޕްލިކޭޝަން ފޯމު
  •   ކަރިކިއުލަމް ވިޓާ (ސީވީ)
  •   ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
  •   ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  •   މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
  •   ޕޮލިސް ރިޕޯޓް

 

 އިތުރު މަޢުލޫމާތު

  •  މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 އެޕްލިކޭޝަން   ހުށަހެޅުން

 ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3336619 އަށެވެ.

 ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް   އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު   އޮތޯރިޓީއަށް ލިބިގެންވެއެވެ.

03 އޮގަސްޓް 2023
ހޯދާ