ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސް ގައި ބައިވެރިވުމުގެ ފުރުޞަތު

އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސް ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ "ފޮރިން ކަލްޗަރަލް ރިލޭޝަންސް – ކަލްޗަރަލް ޑިވެލޮޕްމަންޓް ފަންޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން އިންތިޒާމު ކުރައްވައިގެން މިއަހަރުގެ އެޕްރީލް 18 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސް" ގައި ބައިވެރވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިަވަލްގައި ބައިވެރިވެވޭނީ އެޑްމިނިސްޓްރޭޓަރާއެކު 13 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓްރޫޕަކަށެވެ. މި ޓްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން ހަމަޖައްސަވައިދެއްވާނެކަމަށްވަނީ އަންގަވާފައެވެ. އެހެންނަމަވެސް ދަތުރު ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.

މިފެސްޓިވަލްގައި ދައްކުވައިދޭންޖެހޭނީ އެޤައުމެއްގެ ސަގާފީ މިއުޒިކާއި ނެށުމެވެ. އަދި މިފެސްޓިވަލް ކުރިއަށްދާ ކޮންމެ ދުވަހެއްގައި 15 މިނެޓާއި 30 މިނެޓާ ދެމެދު ހަރަކާތެއް ހުށަހަޅައިދޭންވާނެއެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމު މިސެންޓަރުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4667 334 ނަންބަރު ފޯނަށެވެ.

20 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ