މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖާރނީ ވޯރލްޑް މޯލްޑިވްސް އަށް ދޫކޮށް، ވަކިކުރެވިފައިވާ ބިމުގައި ހުރި މުދަލާބެހޭ
މިރަށުން ޖާރނީ ވޯރލްޑް މޯލްޑިވްސް އަށް ދޫކޮށް، ވަކިކުރެވިފައިވާ ބިމަކީ މިހާރު ކައުންސިލްގެ ބިމެއްކަމަށްވާތީ، އެބިމުގައި ހުރި އެންމެހައި މުދަލާއި ތަކެތި، އެތަކެތީގެ ވެރިން ގެންގޮސް ނިންމެވުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: 335/2015/14 އިޢުލާންގެ މުއްދަތު ހަމަވީއިރުވެސް ބައެއް ފަރާތްތަކުގެ ތަކެތި ހުރިކަން ފާހަގަކުރެވޭތީ، 22 ފެބުރުވަރީ 2015 ދުވަހުގެ ނިޔަލަށް އެބިމުގައިހުރި އަމިއްލަ ފަރާތްތަކުގެ ތަކެތި ގެންގޮސް ނިންމެވުމަށް ދަންނަވަމެވެ.
އަދި މިމުއްދަތަށްފަހު އެބިމުގައި ހުންނަ ތަކެއްޗާމެދު ހަމަޖެހިފައިވާ ގަވާއިދުން ފިޔަވަޅު އެޅޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަބީޢުލްއާޚިރު 1436
09 ފެބުރުވަރީ 2015
ހޯދާ