ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރުގައި ގެސްޓު ހައުސްއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހިންނަވަރު ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ޓޫރިޒަމް ޒޯނުގެ ހުޅަނގު ދެކުނުން އޮތް ހުސްބިމުން (ޕްލޮޓް ކުރެހުން މައުލޫމާތު ކަރުދާހާ އެކީ އެއްކަރުދާސްކުރެވިފައި) 4 ބިން، ގިނަވެގެން 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ މި ދެންނެވި ސަރަޙައްދުގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް / ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 08 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 22 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

02 އޮގަސްޓް 2023
ހޯދާ