ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓީ20 ޗެމްޕިއަންސިޕް ކްރިކެޓް މުބާރާތް

ޓީ20 ޗެމްޕިއަންސިޕް މުބާރާތާއި ގުޅޭ 

 ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ ޓީ 20 ޗެމްޕިއަންސިޕް ކްރިކެޓް މުބާރާތް،   18 އޮގަސްޓް 2023  ވާ ހުކުރު ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

މި މުބާރާތުގައި ބައިވެވޭނީ މިއަހަރުގެ ޕްރީމިޔަރ ލީގްގައި ބައިވެރި ވި ޓީމްތަށް ފިޔަވާ މިބޯރޑުގައި ރަޖިސްޓަރީ ވެފައިވާ ހުރިހާ ކްލަބް ޖަމިއްޔާ ތަކަކަށެވެ.  

ވީމާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 8 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް އަކުން ނުވަތަ ސިޓީއަކުން މި ބޯރޑަށް ހުށައަޅާ، އަދި  15  އްގަސްޓް 2023  ވާ އަންގާރަ ދުވަހުގެ  15:00 ގެ ކުރިން ޓީމު ލިސްޓް މިބޯޑަށް ހުށައެޅުން އެދެމެވެ.

 

ޓީމް ލިސްޓް ހުށައަޅާއިރު ތިރީގައިވާ މައުލޫމާތުތައް އެކުލަވާލަންވާނެއެވެ.

ސްޓޭމްޕް ޖައްސަވައި ސޮއި ކުރެއްވުން.

ޓީމް ލިސްޓްގައި ( ކުޅުންތެރިންގެ ފުރިހަމަ ނަން، އުފަން ތާރީޙު އަދި ޕާސްޕޯޓް ނަންބަރު / އައިޑީ ކާރޑް ނަންބަރު / ވޯކް ޕާމިޓް ނަންބަރު ޖެހުން )

ޓީމުގެ ކެޕްޓަން އަދި މެނޭޖަރު ވަކިން އެނގޭނޭ ގޮތަށް ޓީމްލިސްޓްގައި ފާހަގަ ކުރެއްވުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 / 9676757 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

 

02 އޮގަސްޓް 2023
ހޯދާ