ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސެކަންޑް އިންޓަރނޭޝަނަލް ވިމެން ޕްލޭވްރައިޓްސް ތިއޭޓަރ ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު

ތުރުކިއޭ ސްޓޭޓް ތިއޭޓަރސް އިން އިންތިޒާމް ކުރައްވައިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 16 ން 26 ށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 20 ބައިވެރިންނަށެވެ. މި ބައިވެރިންގެ ކެއުމާއި ހުރުން ހަމަޖައްސަވައިދެއްވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ އަންގާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތްތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 04 ސެޕްޓެމްބަރ 2023 ގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލް ކުރައްވާ [email protected].mv އަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް، ކޮންސެޕްޓް ނޯޓް އަދި ކޮންޑިޝަންސް އޮފް ޕާޓިސިޕޭޝަން މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

02 އޮގަސްޓް 2023
ހޯދާ