ދިވެހިރާއްޖެ
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައިހުރި ، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަންކިޔުމަށް 04 ޑިސެންބަރު 2014 ގައި ކޮށްފައިވާ ނަންބަރު IU/PR/2014/90-ފ137 އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
1- ސްޓެއިންލެސް ސްޓީލުގެ ބައިތައް
2- އެއަރކޮންޑިޝަން ސިސްޓަމުގެ ބައިތައް
3- ދަނގަޑުގެ ބައިތައް
4- އެލްމިނިއަމުގެ ބައިތައް
5- ލޯނަރުގެ ބައިތައް
6- މެޝިނަރީގެ ބައިތައް
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
11:00 |
18 ފެބުރުވަރީ 2015 (ބުދަ) |
ނީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރުން
ހާޒިރުވާ ފަރާތްތަކަށެވެ.
ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. |
ކޮންފަރެންސް ހޯލް |
14:00 |
22 ފެބުރުވަރީ 2015 (އާދީއްތަ) |
އަގު ހުށަހެޅުއްވުމަށް
ވަކިން ކިލޯއަކަށްޖެހޭ އަދަދާއި، ޖުމްލަ އަގު އެނގެން އޮންނާނެ ގޮތަށެވެ. |
އައި.ޖީ.އެމް.އެޗް |
14:00 |
22 ފެބުރުވަރީ 2015 (އާދީއްތަ) |
މުދާ ބެލުމުގެ އިންތިޒާމު |
މުދާ ގެންދިޔުން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު، ނީލަމުން ނަގާ މުދާ 36 ގަޑިއިރުގެ ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގި ފަރާތުން ބޭނުންނުވާކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
ނީލަމުގައި ބައިވެރިވުމަށް ހާޒިރު ނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި ނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިހޮސްޕިޓަލުގެ ނަންބަރު 3335349 ފޯނަށް ގުޅުއްވުން އެދެމެވެ.