މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - މި އޮތޯރިޓީއަށް ބޭނުންވާ 2022 ގެ އަހަރީ ރިޕޯރޓް ޕްރިންޓްކުރުމަށް.

މި އޮތޯރިޓީގެ 2022 ވަނަ އަހަރުގެ އެނުއަލް ރިޕޯރޓް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 24 ޖުލައި 2023 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު (IUL)220-AS/1/2023/79 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު މިއޮތޯރިޓީގެ ޓެކްނިކަލް މިންގަނޑު ތަކަށް ނުފެތޭތީ ދެންނެވުނު ތަކެތި/ޙިދުމަތް ފޯރުކޮށްދޭން ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.  

 

އަދަދު:        50 ކޮޕީ

ސައިޒް:       ކަސްޓަމް ސައިޒް (210mm x 260mm)

ސަފުހާގެ އަދަދު: 225 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)

 

ކަރުދާސް:

ބޭރުގަނޑު:      250 ޖީ.އެސް.އެމް އާރޓް ކާޑް

އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް

 

ޕްރިންޓް:       ހުރިހާ ގަނޑެއް ކުލަކޮށް

ފިނިޝިންގ:     ޕަރފެކްޓްލީ ބައުންޑް  

 

ވީމާ މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަން

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

އަމީނީމަގު، މާލެ

8 އޮގަސްޓު 2023

އަންގާރަ

11:00

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާ އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

 

 

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3339513, 3020478, 3339505 އަށް ގުޅުއްވުން އެދެމެވެ.

01 އޮގަސްޓް 2023
ހޯދާ