ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢްވަތު

"21st Universal competition of memorizing the Holy Qura’n"

މިއަހަރުގެ އެޕްރީލް 16 ން 23 އަށް މިޞުރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، މަތީގައި ދެންނެވިފައިވާ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.

މުބާރާތުގައި ބައިވެރިވެވޭ ބައިތައް:

1- 23 ވަނަ ފޮތުން ފެށިގެން 30 ވަނަ ފޮތުގެ ނިޔަލަށް. (ހިތުދަސްކުރުމުގެ ބައި)

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިމުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކުން ނުވަތަ ފެކްސްއަކުން ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މުބާރާތުގައި ބައިވެރިވެވޭނީ 25 އަހަރުން ދަށުގެ ކުދިންނަށެވެ. ލޯފަން ކުއްޖެއް ނުވަތަ 12 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވާނަމަ ބެލެނިވެރިއަކަށްވެސް އޭނާ ގޮވައިގެން ދެވޭގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015
ހޯދާ