ދިވެހިރާއްޖެ
1 ކޮޓަރި ކުއްޔަށްހިފަން ބޭނުންވެއްޖެ.
މި މަދަރުސާގައި 2015 ވަނަ އަހަރު މަސައްކަތް ކުރެއްވުމަށް ޖަޕާނުގެ ޖައިކާގެ ފަރާތުން ފޮނުއްވާ، ވޮލަންޓަރީ ޓީޗަރ ގދ.ގައްދޫގައި ހުންނެވުމަށް ބޭނުންވާ އެކޮމަޑޭޝަން ހަމަޖެއްސުމުގެ ގޮތުން އެޓޭޗް ފާޚާނާއަކާއި ބަދިގެވެސް ހިމެނޭ 1 (އެކެއް) ކޮޓަރި، ދިރާސީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި މަދަރުސާއަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ، މަތީގައި ބަޔާންކުރެވިފައިވާފަދަ ކޮޓަރިއެއް މި މަދަރުސާއަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ކޮޓަރި ހިމެނޭ ގޭގެ ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުއްވާނަމަ، އެމީހަކާބެހޭ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެއެވެ.
އައިޓަމް/ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
17-02-2015 |
އަންގާރަ |
10:30 |
ގދ.އަތޮޅު މަދަރުސާގެ އިދާރާ |
އަންދާސީހިސާބު ހުށަހެޅުއްވުން |
19-02-2015 |
ބުރާސްފަތި |
10:30 |
ގދ.އަތޮޅު މަދަރުސާގެ އިދާރާ |
20 ރަބީޢުލްއާޚިރު 1436