ދިވެހިރާއްޖެ
"ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލު" ގެ 6 ވަނަ މާއްދާގެ ދަށުން، ހދ. ފިނޭ އާންމު ރައްޔިތުންގެ ތެރެއިން އައްޔަންކުރުމަށް ހަމަޖެހިފައިވާ 02 (ދޭއް) މެންބަރުންނަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހެޅުއްވި ދެފަރާތަކީ ރަށުގައި ދިރިއުޅެމުންދާ ދެފަރާތް ކަމުގައި ނުވާތީ، ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރި ވެވޭނެ، "ތިލަދުންމަތީ ދެކުނުބުރީ ފިނޭއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމާއި، މަސައްކަތްތައް ހިންގާނެ ގޮތުގެ އުސޫލު" ގެ 6 ވަނަ މާއްދާގެ ދަށުން، ފިނޭ އާންމު ރައްޔިތުންގެ ތެރެއިން އައްޔަންކުރުމަށް ހަމަޖެހިފައިވާ 02 (ދޭއް) މެންބަރުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ހދ. ފިނޭ ރައްވެހިންގެ ތެރެއިން ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވޭނެ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ގޫގުލް ފޯމް ހުށައެޅުއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް : https://forms.gle/F7Qy5MzbW4c3WtG66
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.