މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ

މިރަށު ބަނދަރުގެ ދެކުނުކޮޅުގެ ސިނާޢީސަރަޙައްދުގައި (އައުޓްލައިން ޗާޓުގައި ފާހަގަ ކުރެވިފައިވާ) އޮތް ކުރިން ކުޅިވަރު ބިމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބިން (ގާތްގަނޑަކަށް 45000 އަކަފޫޓު) CSR ކޮމްޕޯނެންޓްގެ ދަށުން މިދަންނަވާ 03 ކަންތަކުންކުރެ ކޮންމެވެސް އެއްކަމެއް ފުރިހަމަކޮށްދޭ ފަރާތަކަށް ނުވަތަ މި03 ކަންތަކުންކުރެ ކަމަކަށް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވާ ފަރާތަކަށް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

# އިޖުތިމާޢީ މަރުކަޒެއް ޢިމާރާތް ކޮށްދެއްވުން

# ރަށުގެ ރަސްމީ ފުޓްބޯޅަދަނޑު ޓާފްއަޅައި ކޮމްޕްލީޓްކުރުން

# ރަށުގެ ގޭގެއަށް ބޭނުންވާ ފެން ހޮޅިލައިން އަޅައި ފެނުގެ ނިޒާމު ޤާއިމުކޮށްދިނުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަތަކުން " ކުލީބިމަށް އެދޭ ފޯމު " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، 22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. " ކުލީބިމަށް އެދޭ ފޯމު " ވިއްކާ އަގަކީ -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ، 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުން ފެށިގެން 18 ފެބުރުވަރީ 2015 ވާ ބުދަދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00 އާ ހަމައަށެވެ.

ފޯމު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯމުތައް ބަލައިގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މި ބިމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ