މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މި މިނިސްޓްރީގެ އޮފީސް ޢިމާރާތްތަކުގައި ހަރުކުރެވިފައިވާ އެއަރކޮންޑިޝަންތަކުގެ ތެރެއިން ނޯމަލްގޭސް އަޅައި އެއަރކޮންޑިޝަންތައް އެއް އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މި މިނިސްޓްރީގެ އޮފީސް ޢިމާރާތްތަކުގައި ހަރުކުރެވިފައިވާ އެއަރކޮންޑިޝަންތަކުގެ ތެރެއިން ނޯމަލްގޭސް އަޅައި އެއަރކޮންޑިޝަންތައް އެއް އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 14 ޖަނަވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/11) އާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ބިޑްގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

23 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ