މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.އެން.އައި.އޭގެ ރަންވޭ މަރާމާތުކޮށް ރިސަފޭސް ކޮށްދޭނެެ ފަރާތެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ) ގެ ރަންވޭ މަރާމާތުކޮށް ރިސަފޭސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ސިޓީއަކުން، ނުވަތަ ފެކްސްްއިން ނުވަތަ އީމެއިލް [email protected])) މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީވާ ފަރާތްތަކަށް ޕްރީބިޑް މީޓިންގއެއް 22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެމް.އޭ.ސީ.އެލްގެ ކޯޕަރޭޓް އޮފީސްގައި އޮންނާނެއެވެ. ޕްރީބިޑް މީޓިންގއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތްތަކާ ގުޅޭގޮތުން އުފެދޭ އިތުރު ސުވާލުތައް އެންމެ ލަސްވެގެން 25 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ލިޔުމުން (ފެކްސް ނުވަތަ އީމެއިލުން) ހުށަހެޅުއްވުން އެދެމެވެ.

ބީލަންތައް ހުންނަންވަނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 10 މާރޗް 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި، މިކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރާނެ ފަރާތެއް ނިންމާނީ ޓެންޑަރ އިވެލުއޭޝަން ކޮމެޓީންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337279 /3337236 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero

12 ފެބުރުވަރީ 2015
ހޯދާ