މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރުގައި ހަރުކޮށްފައިހުރި 04 ލައުޑް ސްޕީކަރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

  (IUL)321-A/321/2023/176 :ނަންބަރު

އިޢުލާން

ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރުގައި ހަރުކޮށްފައިހުރި 04 ލައުޑް ސްޕީކަރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރުގައި ހަރުކޮށްފައިހުރި 04 ލައުޑް ސްޕީކަރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރުގައި ހަރުކޮށްފައިހުރި 04 ލައުޑް ސްޕީކަރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 އޯގަސްޓް 03 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

 

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރުގައި ހަރުކޮށްފައިހުރި 04 ލައުޑް ސްޕީކަރު ބަދަލުކޮށްދިނުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 އޯގަސްޓް 03 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

13 މުޙައްރަމް  1445

31 ޖުލައި 2023
ހޯދާ