އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 - ސިންގަޕޫރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުމުގެ ގަޑި ބަދަލުވުން

(IUL)38-DC/38/2023/341 :ނަންބަރ

އިޢުލާން

ރިޔާސީ އިންތިޚާބު 2023

ސިންގަޕޫރުގައި ދިރިއުޅޭ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުށަހަޅާ ފޯމު ބަލައިގަތުމުގެ ގަޑި ބަދަލުވުން

2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ސިންގަޕޫރުގައި ދިރިއުޅޭ ރައްޔިތުން ރަޖިސްޓަރީވުމަށް ފޯމު ބަލައިގަތުމުގެ ގަޑި 10:00 އިން 15:00 އަށް ވަނީ ބަދަލުކުރެވިފައެވެ. ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2023 އޮގަސްޓު 5 ވާ ހޮނިހިރުދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

31 ޖުލައި 2023
ހޯދާ