2023 ވަނަ އަހަރުގެ މަތީސާނަވީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.
|
މަޤާމް: ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)
|
ބޭނުންވާ އަދަދު: 02(ދިވެހި/އިސްލާމް)
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
2023 އޮގަސްޓް 09 އިން 2023 އޮގަސްޓް 30 އަށް
( ހެނދުނު 08:00 އިން މެންދުރު 18:00 އަށް)
|
އުޖޫރަ:
|
12,500.00 ރުފިޔާ ( ބާރަހާސް ފައްސަތޭކަ )
|
ޝަރުޠު:
|
- މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާ އެކު، މި ޑިޕާޓްމަންޓުން ބާއްވާ ގައުމީ ފެންވަރުގެ އިމްތިހާނު ކަރުދާސް ސެޓްކުރުމުގެ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މި ޑިޕާޓްމަންޓުން ބާއްވާ ގައުމީ ފެންވަރުގެ އިމްތިހާނު ކަރުދާސް މާކު ކުރުމުގައި އެގްޒަމިނަރެއްގެ ގޮތުގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ގްރޭޑް 12 ށް ކިޔަވައިދިނުމުގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން
- ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ ނުވަތަ ޓިއުޝަންދޭ މީހަކު ކަމުގައި ނުވުން
- ތިމާ ނުވަތަ ތިމާގެ އަންބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން
- ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން
|
މަސްޢޫލިއްޔަތު:
|
- ސާނަވީ "ދިވެހި/އިސްލާމް މާއްދާގެ އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، ސުވާލު ކަރުދާސްތައް ކަނޑައެޅޭ އުސޫލެއްގެ ދަށުން ތައްޔާރުކުރުން
- ސުވާލާއެކު، އެ ސުވާލަށް ދެވިދާނެ ރަގަނޅު ހުރިހާ ޖަވާބެއް ހިމެނޭ ގޮތަށް ޖަވާބުތައް މާކިންސްކީމް އެކުލަވާލުން
- ސުވާލު ކަރުދާސް ފައިނަލް ކޮށް ޕްރޫފް ރީޑް ކުރުމުގައި ބައިވެރި ވުން.
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު % 25
- ކިޔަވައިދިނުމުގެ ތަޖުރިބާ % 25
- ޢަމަލީ ތަޖުރިބާ %25
- އިންޓަރވިއު %25
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ އަމަލީ ތަޖްރިބާއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.)
- ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް
- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
- ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
|
ސުންގަޑި:
|
2023 އޮގަސްޓް 06 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|