އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަޙައްދު ތަކުގައި ޖަހާފައިވާ ގަސްގަހާއި ބަހައްޓާފައިވާ ތަކެތި ނަގާ ސާފުކުރުން؛

ރަށުގެ އެކި ސަރަޙައްދުތަކުގައި މި ކައުންސިލްގެ ޙުއްދައަކާއި ނުލާއި ޤަވާއިދާއި ޙިލާފަށް ޖަހާފައިވާ ގަސްގަހާއި ހަރުގެ ފަދަ ތަންތަނާއި ބަހައްޓާފައިވާ ތަކެތި ނަގައި ސާފު ކުރުމަށް އެކިއެކި ފަހަރުގެ މަތިން މި ކައުންސިލުން އާންމުކޮށް އަންގާ އިޢުލާން ކުރެވިފައިވާނެއެވެ. ނަމަވެސް މިކަމަށް ހައްލެއް ނުލިބި އިންސާފެއް ނެތް ގޮތުގައި ރަށުގެ އެކި ސަރަޙައްދުތަށް ބޭނުން ކުރާ ފަރާތްތަށް ގިނަވަމުންދާތީ ރަށުގެ އެކި ސަރަޙައްދު ތަކުގައި ކައުންސިލްގެ ޙުއްދަނެތި ހުރި ތަންތަނާއި، ތަކެތި އަދި ބޭނުންކުރަމުންދާ ސަރަޙައްދުތަށް ސާފު ކުރުމުގެ ބޮޑު ޕްލޭންއެށް ވަނީ މި ކައުންސިލުން އެކުލަވާލާފައެވެ.

މި ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ މީހުން ދިރިއުޅޭ ގޯތިތަށް ހުރި ސަރަޙައްދުތަކުގެ (ރަށުގެ ފުޓުބޯޅަ ދަނޑުން ފަށައިގެން ފުޓްސެލް ދަނޑުގެ ބިއްދޮށު މަގާއި ހަމައަށް) މަގުތަކުގައި ކައުންސިލްގެ ޙުއްދަ ނެތި ޖަހާފައިވާ ގަސްގަހާއި ބަހައްޓާފައިވާ ތަކެއްޗާއި، ގޯތި ތަކުގެ އިމުން ބޭރުގައި ހަދާފައިވާ ގާގަނޑު ތަކާއި ރާނާފައި ހުރި ފާރުބުރިތައް ނަގައި ސާފުކުރުން ހިމެނެއެވެ.

ވީމާ މި ދެންނުވުނު ފަދައިން ހުރި ތަކެތި 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ނަގައި ސާފުކުރުމަށް ދަންނަވަމެވެ. އަދި މި ދެންނެވުނު ތާރީޙްގެ ފަހުން، މި ކައުންސިލްގެ ޙުއްދަނެތި ހުރި ތަކެތި އިތުރު އެންގުމަކާއި ނުލައި ނައްތާލެވޭނެ ކަންވެސް އަންގަމެވެ.  

ހަންޏާމީދޫ އަކީ ސާފު، ބަލާލަން ރީތި އަމާން ރަށަކަށް ހެދޭނީ އެންމެންވެސް އެއްބާރުލައި، އާންމު މަސްލަހަތާއި ޖަމާޢަތުގެ ފައިދާއަށް ޓަކައި ކައުންސިލުން ހަދާ އުޞޫލް ތަކާއި އެންގުންތަކަށް ބޯލަންބައިގެންނެވެ.

ވީމާ ރަށަކީ ރީތި ރަށަކަށް ހަދައި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި އެންމެންވެސް ގުޅިގެން މަސައްކަތްކުރަމާ ހިނގާށެވެ. 

30 ޖުލައި 2023
ހޯދާ