ދިވެހިރާއްޖެ
ޢިއުލާން ވަޒީފާގެ ފުރުޞަތު ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: ޕްރީސްކޫލް ޓީޗަރ އަދަދު: 2 މަޤާމްގެ ގިންތި: 11 މަސް ދުވަހަށް (ވަގުތީ) ވަޒީފާ އަދާކުރަންޖެހޭ ތަން: ހެނބަދޫ ޕްރީސްކޫލް މުސާރަ: 3000.00 މަހަކު އިތުރު އިނާޔަތްތައް: - ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ރަމަޟާން އިނާޔަތް ލިބޭނެއެވެ. މަޤާމުގެ މަޞްއޫލިއްޔަތު: 1. ޕްރީސްކޫލުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއިއެކު ދަރިވަރުންނަށް ކިޔަވައިދިނުން. 2. ޕްރީސްކޫލުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތަށް އެންގުން. 3. ފެންވަރާއި ހުނަރުގެ ގޮތުން ތަފާތުކުދިންނަށް އަމާޒުކޮށްގެން އުގަންނައިދިނުން. 4. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން. 5. ދަރިވަރުން ގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހަޢުލެއްކަން ކަށަވަރުކުރުން. ޝަރުތު: 1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުން. ނުވަތަ 2- ޕްރީސްކޫލް ޓީޗިން ދާއިރާއިން ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް (%) އިންސައްތަ ދެވޭނެ އެންމެމަތީ މާކްސް ބެލޭނެ ބައިތައް ދާއިރާ 25.5 60 ލިބިފައިވާ އިތުރު ތައުލީމް ތަޢުލީމާއި ތަމްރީނު 12.5 30 ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން
15 35 ވަޒީފާއާގުޅޭ ތަޖުރިބާ 4 10 އެހެނިހެން ތަޖުރިބާ މަސައްކަތު ތަޖުރިބާ 43 100 އިންޓަރވިއު ލިބިފައިވާ ހުނަރު 100 235 ޖުމްލަ މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ވަޒީފާއަށް އެދޭފޯމާއެކު ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ލިޔުންތަށް ހުށަހެޅުއްވުން އެދެމެވެ. މި ވަޒީފާއަށް އެދިހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. އިންޓަރވިއު އޮންނާނެތަނާއި މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 06 އޮގަސްޓް 2023 އާއި 10 އޮގަސްޓް 2023 އާއިދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚް ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ހުށަހަޅަން ޖެހޭ ލިޔުންތައް: 1. ވަޒީފާއަށް އެދޭ ފޯމް 2. ތަޢުލީމާއި ތަޖުރިބާއާއި ގުޅޭކަން އަންގައިދޭ ލިޔުން 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
|