ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލްގެ ސާރވިސް އެޕްލިކޭޝަނާއި އެޗްއާރު ޕޯޓަލް ޑެވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުން
ކައުންސިލްގެ ސާރވިސް އެޕްލިކޭޝަން އަދި އެޗްއާރު ޕޯޓަލް ޑެވެލޮޕް ކޮށް، 5 އަހަރު ދުވަހުގެ މުއްދަތަށް މެއިންޓެނެންސް ކޮށްދީ ވެބް ހޯސްޓު ކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީކުރުން
|
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 10 އޮގަސްޓް 2023 ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްއިން މިއިދާރާގެ އީމެއިލް[email protected] މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.
- ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކީވާނީ ޢާންމު ކުރެވިފައެވެ.
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
- މި ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 13 އޮގަސްޓް 2023ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގައި ކައުންސިލްގެ މީޓިންގ ހޯލްގައެވެ.
- ބައްދަލުވުމަށް ހާޒިރު ނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޝަތު ދެވޭނެއެވެ.
- މި ބީލަމާގުޅޭ އެންމެހާ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެވެ.
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
ބީލަން ހުށައެޅުން
|
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
|
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 މުޙައްރަމް 1445
30 ޖުލައި 2023