އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދުން

އދ.ދިއްދޫގައި ކުނިމެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެފަރާތެއް ބޭނުންވެއްޖެއެވެ.

ކުނިމެނޭޖުކޮށް ބަލަހައްޓާ ފަރާތުން ތިރީގައި މި ދަންނަވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ރަށުގެ ވަށައިގެން ބެހެއްޓިފައިވާ ޑަސްޓްބިންތައް ކޮންމެދުވަހަކު ނަގައި ސާފުކުރުން
  2. ހަފްތާއަކު 5 ދުވަހު ރަށުގެ ހުރިހާގެއަކު އުފެދިފައިވާ ކުނިނަގައި ކުނިގޮނޑަށް ގެންދިއުން
  3. ލަކްސް މޯލްޑިވްސްއިން ޕްލާސްޓިކް ކަލެކްޓްކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ކުނިގޮނޑުގައި ހުރި ޕްލާސްޓިކް ޖަންބޯބޭގްތަކުގައި ބަނދަރަށް ނެރުން
  4. ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުން                                                                   

         ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 8 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލަށް އަގުހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6680057 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޖުލައި 2023
ހޯދާ