ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ނަފްސާނީ ނުކުޅެދުންތެރިންނަށް ކީރިތި ޤުރްއާން ކިޔަވާދޭނެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް މުދައްރިސުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ނަފްސާނީ ނުކުޅެދުންތެރިންނަށް ކީރިތި ޤުރްއާން ކިޔަވާދޭނެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް މުދައްރިސުން ހޯދުމަށް ކުރި ނަންބަރު: (IUL)160-A/1/2014/71 (29 ޑިސެންބަރު 2014) އިޢްލާނުގެ ޝަރުޠަށް ބަދަލެއް ގެންނެވުމާއި ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ބޭނުންވާ އަދަދު:     6

މުސާރަ:          ނަގައިދޭ ކޮންމެ ގަޑިއަކަށް -/ 200 ރުފިޔާ

ޝަރުޠު:          

1- ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ

2-  ޤުރްއާން މުދައްރިސްކަމުގެ އެޑްވާންސް ހާސިލުކޮށްފައިވުމާއެކު ކިޔަވައި ދިނުމުގެ ރޮނގުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3-  ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:  1 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ އަދި ތަޖުރިބާގެ ލިޔުން ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ ގަޑިތަކުގައި ވަޑައިގެންނެވޭ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

20 ރަބީޢުލްއައްވަލް 1436

10 ފެބުރުވަރީ 2015
ހޯދާ