ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިގެން "ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023" ގެ ނަމުގައި ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 20 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު  https://forms.gle/iXehuHqha8vdShju8  މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި ބައިވެރިވާ ޓީމްތަކުގެ މެނޭޖަރުންނާއި ހިއްސާކުރެވޭނެއެވެ. ޓީމް ލިސްޓް ބަލައިގަނެވޭނީ މިއިދާރާގެ އީމެއިލް:[email protected]  މެދުވެރިކޮށެވެ.

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527122 ނުވަތަ 6527131 އަށެވެ.

30 ޖުލައި 2023
ހޯދާ