މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މި މިނިސްޓްރީގެ ދަށުން ހުޅުމާލޭ ސިނާޢީ ސަރަޙައްދުގައި ހިންގާ ފެޑް ސެންޓަރގެ އޮފީސް އަދި ވޯކް ޝޮޕް ރޫމް ހެދުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2023/147 އިއުލާނާއި ގުޅިގެން  ލިބިފައިވާ އަންދާސީ ހިސާބުގެ އަގު ހަމަޖެހިފައިވާ ބަޖެޓަށްވުރެ ބޮޑުވުމުގެ ސަބަބުން މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް އަގުހުށަހަޅުއްވާއިރު މި އިޢުލާނާ އެކުގައިވާ ބީ.އޯ.ކިއު، އަދި މަޢުލޫމާތު ކަރުދާހާއެއްގޮތަށް އަގު ހުށަހެޅުމަށް ސަމާލުކަން ދެންވުމަށް ދަންނަވަމެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

02 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 10:00 އަށް

ފެޑް ސެންޓަރ، މިދިލި މަގު، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން

އަންދާސީ ހިސާބު ހުށަހެޅުން

08 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

  މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339267އަދި 3339282 ،3339257 ނަންބަރު ފޯނަށެވެ.

30 ޖުލައި 2023
ހޯދާ