ދިވެހިރާއްޖެ
ނ.މިލަދޫގެ ރައްވެހިގެ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަންބަރު (IUL)292-PR/292/2023/13 (08 ޖޫން 2023) ގައި ކޮށްފައިވާ އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުމަށް ދައުވަތު އަރުވަމެވެ.
ބީލަން ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.