ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް އެންޖިނިއަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ބޭނުންވާ އަދަދު
|
01
|
މަޤާމް ނަންބަރު
|
257034
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ކޮލިޓީ ކޮންޓްރޯލް ޔުނިޓް، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕަރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/6295ރ
ސަރވިސް އެލަވަންސް: -/3500ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވައިލެވިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އެއްގޮތްވާ ގޮތުގެ މަތިން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގެ މަސައްކަތް ކުރުން.
- މި މިނިސްޓްރީގައި ރަޖިސްޓަރީ ވެފައިވާ މި ދާއިރާގެ ފަންނީ ފަރާތްތައް މޮނިޓަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮންޓްރެކްޓަރުންގެ ފެންވަރާއި އެމީހުންގެ މަސައްކަތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
- ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރެވޭ އަދި ބޭނުންކުރުމަށް ގެނެވޭ އެކިއެކި މެޓީރިއަލްސް ޓެސްޓުކުރާ ފަރާތްތަކުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ޤާޢިމްކުރެވިދާނެ ތަންތައް ހޯދުމަށް ރިސާރޗެއް ހަދާ، ޕަބްލިކް އަދި ޕްރައިވެޓް ފަރާތްތަކާ ގުޅިގެން ގުދަންތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- މިނިސްޓްރީއަށް ހުށަހެޅޭ ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޗެކްކުރުމުގެ ތެރޭގައި މައްސަލައެއް ފާހަގަވެގެން އެޕްރޫވަލް ޔުނިޓުން ހުށަހަޅާ މައްސަލަތައް ބެލުން.
- ޢިމާރާތަކާ ބެހޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް "މައްސަލަ ބަލައި ތަޙްޤީޤް ކުރާ ކޮމިޓީ"ގެ ޒަރީޢާއިން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން.
- ޤާނޫނުނާއި ގަވާއިދުތައް އެކުލަވާލެވޭ އިރު އާއި ރިވިއު ކުރާއިރު ކުރެހުންތައް މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ބޭނުންކުރެވޭ ސާމާނު މޮނީޓަރ ކުރުމުގައި ފާހަގަ ކުރެވޭ ކަންތައްތަކާއި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ޤާނޫނުން ނުވަތަ ގަވާއިދުން އެކަން ކަމަށް އެޑްރެސް ކުރެވިދާނެ ގޮތަކާމެދު ކޮންސްޓްރަކްޝަން ލެޖިސްލޭޝަން ޔުނިޓަށް ލަފާދިނުން.
- ސެކްޝަނުން ތައްޔާރުކުރާ އެންމެހައި ގަވާއިދުތަކާއި ކޯޑުގައި އަދި އެހެންވެސް އެފަދަ އެއްޗެތި ރިވިއު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
- ރާއްޖެއިން ލިބެން ހުންނަ ކޮންސްޓްރަކްޝަން މެޓީރިއަލްސް ގެ ތެރެއިން ޢިމާރާތްކުރުމަށް ބޭނުންކުރުމަށް އެކަށޭނެ މެޓީރިއަލްސް ހޯދުމަށް ރިސާރޗެއް ހެދުން.
- ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ގާއިމުކުރެވިދާނެ ތަންތައް ހޯދުމަށް ރިސާރޗެއް ހަދައި، ޕަބްލިކް އަދި ޕްރައިވެޓް ފަރާތްތަކާ ގުޅިގެން ގުދަންތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
- ސެކްޝަނުން ހަވާލު ކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
20 ރަބީޢުލްއާޚިރު 1436
|