ދިވެހިރާއްޖެ
އިޢުލާން
މި އެސޯސިއޭޝަންގެ ނަންބަރު: BAM/IUL/2023/019 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މުއައްޒަފުން ބޭނުން ވެއްޖެއެވެ.
މަގާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ފެންވަރު ނުވަތަ ޝަރުތު: ޖީސީއީ އޯލެވެލް އިމްތިޙާނުގައި "އިގިރޭސި" އަދި "ހިސާބް" މި ދެމާއްދާއިން ފާސްވެފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި ދެމާއްދާއިން ފާސްވެފައިވުން އަދި އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއިއެކު ސްޕޯރޓްސް އެޑްމިނިސްޓްރޭޝަން އިން އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަން ދަންނަވަމެވެ.
ފެށޭ މުސާރަ: -/4000
ޓޯރނަމެންޓް އެލަވެންސް: -/4500
ސަރވިސް އެލަވެންސް: -/2000 (ދާއިމީ ވުމުން)
ސްޕެޝަލް އެލްވެންސް: -/1500 (ދާއިމީ ވުމުން)
މަގާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ފެންވަރު ނުވަތަ ޝަރުތު: ޖީސީއީ އޯލެވެލް އިމްތިޙާނުގައި "އިގިރޭސި" އަދި "ހިސާބް" މި ދެމާއްދާއިން ފާސްވެފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި ދެމާއްދާއިން ފާސްވެފައިވާ ފަރާތަކަށްވުން އެދެމެވެ.
ފެށޭ މުސާރަ: -/4000
ސަރވިސް އެލަވެންސް: -/2000
ޓޯރނަމެންޓް އެލަވެންސް: -/2000
ވީމާ، މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، އައި.ޑީ. ކާޑްގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 06 އޯގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
އީމެއިލް: [email protected]