ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އިންޓަރނޭޝަނަލް ސީރީޒް 2023 މުބާރާތަށް ލައިޒަން އޮފިސާރސް ހޯދުމާ ބެހޭ
މޯލްޑިވްސް އިންޓަރނޭޝަންލް ސީރީޒް 2023 މުބާރާތް 15 އޯގަސްޓް 2023 އިން 20 އޯގަސްޓް 2023 އަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ލައިޒަން އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 އޯގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެއިލް: [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލަށް ނުވަތަ މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 15:30 ށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.