ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ބޭނުންވާ އަދަދު
|
01
|
މަޤާމް ނަންބަރު
|
257041
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ސަޕޯޓް ސަރވިސް ޔުނިޓް، އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/6295ރ
ސަރވިސް އެލަވަންސް: -/2000ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓް އަންނަ ލިޔެކިޔުންތައް ރޫޓްކޮށް އީގަވަމަންޓްގެ ޒަރީއާއިން ފޮނުވާ ލިޔެކިޔުންތަކުގެ ރިކޯޑް އަޕްޑޭޓްކުރެވިފައިވޭތޯ އިސްވެރިއެއްގެ ބެލުމުގެ ދަށުން ބަލައި ޗެކްކުރުން.
- އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓްއިން ހިނގަމުންދާ މަޝްރޫޢަކާ ގުޅިގެން ނޫންގޮތަށް އަންނަ ލިޔެކިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ ލަފާގެ މަތިން ޖަވާބުދީ ފައިލްކޮށް ބެލެހެއްޓުން.
- އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މީޓިންގ ރާވައި ޔައުމިއްޔާއާއި ހާޒިރީ އިސްވެރިއެއްގެ ބެލުމުގެ ދަށުން ބެލެހެއްޓުން.
- ދުވަހުން ދުވަހަށް އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް ފަރާތުން ނިންމަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް އެ މަސައްކަތްތައް ހަވާލުކޮށްފައިވާ މުވައްޒަފުންނަށް ބާރުއަޅާ ނިންމުން. (ޔައުމިއްޔާ، ސްޓޮކް، އިންޓަރނަލް ލިޔެކިޔުންތަކަށް ޖަވާބުދިނުން)
- އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް މުވައްޒަފުންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ބަލައި އެ ދަތުރުތައްކުރުމުގެ އިސްވެރިއެއްގެ ދަށުން އިންތިޒާމު ހަމަޖެއްސުން. އަދި އެންގުން.
- ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތު ފަދަ ރަސްމިއްޔާތުތައް ބޭއްވުމަށްޓަކައި ސްކްޝަންގެ ފަރާތުން ކުރަންޖެހޭ ތައްޔާރީތައްކުރުން.
- އޮޑިޓްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ސެކްޝަނުން ބޭރަށް ގެންދެވޭ ފައިލްތަކުގެ ރިކޯޑު ބެލެހެއްޓުން.
- ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ އަހަރީ ރިޕޯޓުތައްޔާރުކޮށް ކޯޕަރޭޓް ޑިޕާޓްމަންޓަށް ފޮނުވުން.
- ޑިޕާޓްމަންޓްގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅޭ ވަގުތުގެ ތެރޭގައި ނިންމުމަށް ބާއްވަންޖެހޭ ބައްދަލުވުންތައް ރޭވުން.
- ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ފެންވަރުބެލުމާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް. އާރް. ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
20 ރަބީޢުލްއާޚިރު 1436
|