އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބްލައިންޑްސް ފޯރުކޮށްދިނުމާއިއެކު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ވެލާނާގޭ 6 ވަނަ ފަންގިފިލާގައި ހިންގަމުންދާ މި އޮފީހުގެ އޭ-ބްލޮކްގައި ހުރި ކުޑަދޮރު ތަކުގައި ރޯލާ ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވެލާނާގޭ 6 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް ހަވާލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv ގައި ޝާއިޢު ކުރެވޭނެއެވެ.
25 ޖުލައި 2023
ހޯދާ