މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

257044

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

އެންވަޔަރަންމަންޓަލް މޮނިޓަރިންގ ޔުނިޓް، އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6295ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެށްޓަށްކުރާ އަސަރު ދެނެގަތުމާއި އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެށްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއިގުޅޭގޮތުން އެކިފަރާތްތަކުން ކޮށްފައިވާ ރިސަރޗްގެ އަލީގައި ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުން.
  2. އިންފްރާސްޓަރަކްޗަރ ޑިޕާޓްމަންޓްގައި ހިންގާ މަޝްރޫއުތަކަށް ތައްޔާރުކުރެވޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓްތަކާ އެއްގޮތަށް މަސައްކަތް ހިނގަމުންދާއިރު ތިމާވެށްޓަށް ކުރާއަސަރުކުޑަކުރުމަށް އަޅަންޖެހޭ ވިޔަވަޅުތައް ރިޕޯޓުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރުން ކުރަމުންގެންދޭތޯ ބަލާ މޮނިޓަރކޮށް، ރަނގަޅުކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަމާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ނިންމާ ޕްރޮޖެކްޓް މެނޭޖަރުން މެދުވެރިކޮށް ކޮންޓްރެކްޓަރުންނަށް އަންގަމުންގެންދިޔުން.
  3. މަޝްރޫއުތަކުގެ އެންވަޔަރަމެންޓަލް މޮނިޓަރިން ރިޕޯޓުތަކުގައި މަޢުލޫމާތުތައް ޗެކްކޮށް ރިކޯޑު ބަލަހައްޓަމުންގެންދިޔުން.
  4. މަޝްރޫއުތަކުގެ މަސައްކަތް ނިމި ޕޯސްޓް ކޮންސްޓަރަކްޝަން ފިޔަވަހީގައި ޕްރޮޕޯނަންޓް ހައިސިއްޔަތުން ކުރިއަށްގެންދަންޖެހޭ އެންވަޔަރަމެންޓަލް މޮނިޓަރިންގ މަސައްކަތްތައް ރާވައި ހިންގުމަށްފަހު ރިޕޯޓު ތައްޔާރުކުރުން.
  5. ކޯސްޓަލް އިންޖިނިއަރިން އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ސްޓްރަކްޗަރތައް ޑިޒައިންކުރުމުގައި ތިމާވެށްޓަށް ކުރާ އަސަރުކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު ޑިޒައިންކުރާ ފަރާތްތަކަށް ލަފާދީ އެފަދަ ސްޓްރަކްޗަރތައް ޑިޒައިންކުރުމުގައި އެހީތެރިވުން. 
  6. މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅިގެން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި، ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
  7. މަޝްރޫޢުގެ އެންވަޔަރަމަންޓް މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ކޮމިއުނިޓީ ކޮންސަލްޓޭޝަން ހެދުން.
  8. މަޝްރޫޢުގެ އެންވަޔަރަމަންޓްއާއި ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާނޭ އިންތިޒާމެއް ހަމަޖައްސައި، ލިޔެކިޔުންތައް ބެލެހެއްޓުން.
  9. ޙަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައިކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚް

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް. އާރް. ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015
ހޯދާ