ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ސިވިލް އެންޖިނިއަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް. 3 / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
257040
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
ރޯޑް އިންފްރާސްޓްރަކްޗަރ ޔުނިޓް، އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/7035ރ
ސަރވިސް އެލަވަންސް: -/3500ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރަށްރަށުގެ މަގު ޑިޒައިންކުރުމާއި، ކޯޒްވޭ އާއި ބްރިޖް މަޝްރޫޢުތަކުގެ ޑިޒައިން ތައްޔާރުކުރުން އަދި މި މަޝްރޫއުތަކާއި ގުޅިގެން ހިންގަންޖެހޭ ޑްރެއިނޭޖް މަޝްރޫތަކުގެ ޑިޒައިން ތައްޔާރުކުރުން.
- ޑިޒައިން މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ކޮމިއުނިޓީ ކޮންސަލްޓޭޝަންތައް ހެދުން.
- ކޮންސަލްޓަންޓުންނާއި ހަވާލުކޮށްގެން ކުރެވޭ މިފަދަ ޑިޒައިން މަސައްކަތްތައް ބަލާ، ޗެކްކޮށް ފާސްކުރުން.
- މަޝްރޫޢު ޑިޒައިން މަސައްކަތާއި ގުޅޭގޮތުން އެކިފަރާތްތަކާއިއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާ ޔައުމިއްޔާކޮށް، ބައްދަލުވުންތަކުގެ މަޢުލޫމާތު މަޝްރޫޢު އާއި ގުޅޭ އެހެންފަރާތްތަކާއެކު ހިއްސާކުރުން.
- ޔުނިޓްގެ މަސައްކަތްތަކާއި ގުޅުންހުރި ލިޔެކިޔުންތައް ދިރާސާކޮށް، ކޮމެންޓްކޮށް އެޕްރޫވްކުރުން.
- މިޔުނިޓުގެ ދަށުން ހިންގޭ މަޝްރޫއުތަކަށް ބޭނުންވާ ޓެކްނިކަލް ޑޮކިޔުމަންތައް ޒަމާނާ އެއްގޮތަށް އަންނަ ބަދަލުތަކާއި ހެދިފައިވާ ޤާނޫނުތަކާއި ތަޢާރުޒުނުވާނެ ފަދަ ގޮތަކަށް މުރާޖައާކޮށް ތައްޔާރުކޮށް ބެލެހެއްޓުން.
- މަޝްރޫޢުގެ ޑިޒައިންއާއި ގުޅިގެން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތަކާއި ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
- މަޝްރޫޢުގެ ޑިޒައިންއާއި ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓާނޭ އިންތިޒާމެއް ހަމަޖައްސައި، ލިޔެކިޔުންތައް ބެލެހެއްޓުން.
- މަޝްރޫޢު ޑިޒައިންއާއި ގުޅޭ މަޢުލޫމާތު ކަނޑައެޅޭ ތާރީޚުގައި ކަނޑައެޅޭ ފަރާތްތަކާއިއެކު ހިއްސާކުރުން.
- ޕްރޮޖެކްޓްތައް ހިންގަމުންދާއިރު ޕްރޮޖެކްޓް މެނޭޖްމެންޓް ޑިވިޝަނަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚް
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗްއާރް ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 2015 މާރިޗު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
20 ރަބީޢުލްއާޚިރު 1436
|