މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

257038

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/5610ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓެކްނިކަލް ދާއިރާއިން ހުއްޓުމެއް ނާންނާނެހެން މަސައްކަތްތައް ހިންގުން.
  2. އައި.ޓީ ސެކްޝަނުން އިން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުގެ ހުރިހާ މުވައްޒަފުންނަށް ބަހާލައިގެން މަސައްކަތްތައް ރާވައި ޓީމެއްގެ ގޮތުގައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  3. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  4. އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާ، ޕްރިންޓަރ ތަކާއި އެހެނިހެން އައި.ޓީ. ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް ފައިނޭންސް ސެކްޝަނާ ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުން.
  5. އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތައް ދޭތެރެ ދޭތެރެއިން ޗެކްކުރުން.
  6. މިނިސްޓްރީގެ ދަށުން ހުންނަ އޮފީސް ތަކާއި، މުވައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ އައިޓީ ހިދުމަތް ފޯރުކޮށްދިނުން.
  7. މިނިސްޓްރީން ބަލަހައްޓަމުންގެންދާ ވެލާނާގޭގެ ޑޯރލޮކް ތަކަށް އެކްސެސް ދިނުން
  8. ސެކްޝަނަށް އަންނަ ސިޓީތައް ބަލައިގަނެ ވެރިއަކަށް ރައްދުކުރުމާއެކު ވާނުވާ ބަލައި ޖަވާބު ތައްޔާރުކުރުން.
  9. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސެކްޝަނުގެ ޔައުމިއްޔާ ލިޔުން. އަދި ޔުނިޓުގައި ފައިލް ކުރަންޖެހޭ އެންމެހައި ލިޔުންތައް ފައިލްކުރުމާއެކު އެއްއަހަރުން އަނެއް އަހަރަށް ބޭނުންވާ ފައިލްތައް ތައްޔާރުކޮށް އޭގެ ރިކޯޑު ބެލެހެއްޓުން.
  10. ޔުނިޓުގެ މުވައްޒަފުންގެ ތެރެއިން ސަލާމުގައި ނުވަތަ ޗުއްޓީގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުން.
  11. އޮފީހުގެ ސެކްޝަންތަކުގެ ކޮމްޕިޔުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮމްޕިޔުޓަރތަކަށް ނެޓްވަރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.
  12. ޖެމްސް އިން ނަންބަރު ނެގުމާއި ޖެމްސް މެދުވެރިކޮސް ސެކްޝަންތަކަށާއި އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ މެމޯ ބަޖެޓް ފޯމު ވެރިއެއްގެ ހުއްދައާއެކު ފޮނުވުން.
  13. ޑިޕާޓްމަންޓުގެ އައި.ސީ.ޓީ އާ ގުޅޭ ގޮތުން އެހެނިހެން އޮފީސްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
  14. ދުވަހުގެ ލޮގް ފުރިހަމަ ކުރުން
  15. ސެކްޝަންގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވައި އަދި ހިންގައި އެންމެހައި ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް. އާރް. ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ފެބްރުވަރީ - މާރިޗު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ). 

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015
ހޯދާ