ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އައި.ސީ.ޓީ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

މެނޭޖަރ - އައި.ސީ.ޓީ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

މެނޭޖަރ - ގްރޭޑް 1

މުސާރަ:

މަހަކު  12500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-  އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-  އެހެނިހެން އެލަވަންސް: 5000.00 ރުފިޔާ

މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 09 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 8-5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުގެ ހުރިހާ ސަރވާތައް ބެލެހެއްޓުމާއި ބެކްއަޕްނެގުން.

- އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ކޮންފިގަރޭޝަން ހެދުން.

- ނެޓްވާރކް ފަޔަރވޯލްތައް ބެހެއްޓުމާއި އެތަކެތި ކޮންފިގާރ ކުރުން.

- ކޯޕަރޭޝަނުގެ ސަރވާއާއި ކޯޕަރޭޝަނުގައ ބޭނުންކުރާ އެންމެހާ ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުގެ ނެޓްވޯކް، ރަށްތަކުގެ އޮފީސް ސައިޓްތަކާއި ގުޅުވާލައި މައި އޮފީހުން މެނޭޖްކޮށް ބެލެހެއްޓުމާއި، އިންޓަރނެޓް ވިއުގަ ބެލެހެއްޓުން.

ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް ރިސާރޗް ކުރުމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއިއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން.

މަޤާމް:

 ސީނިއަރ އައި.ސީ.ޓީ އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 05

މުސާރަ:

 މަހަކު 8000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-  އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 3200.00 ރުފިޔާ 

މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .

- ޖީ.ސީ.ޢީ އޯލެވެލް ނިންމާފައިވުމާއި އެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4-2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .

- ޕްރޮގްރާމިންގ ލެންގުއޭޖް (Javascript Frameworks, CSS Framworks, Database Relation (MySQL,MSQL .etc..)) ޤާބިލްކަމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ސަރވަރތައް ބެލެހެއްޓުމުގައި އެހީތެރިވުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް ސަރވަރތަކުގެ ޙާލަތު ބަލައި އެތަކެއްޗާއި މެދު ޔުނިޓު ހިންގަވަން ހުންނަ ވެރިޔަކު ދެއްވާ އިރުޝާދުގެ ދަށުން ޢަމަލުކުރުން.

- ކޯޕަރޭޝަންގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ގެންނަ ކޮމްޕިއުޓަރ ސިސްޓަމްތައް އައި.ޓީ އިކުއިޕްމަންޓް އިންސްޓޯލްކުރުން.

- ކޯޕަރޭޝަންގެ ކޮމްޕިއުޓަރ ނެޓްވޯކް، ފަޔަރވޯލް އަދި ވައިފައި ޑިވައިސްތައް ސެޓްކޮށްދިނުމުގެ އިތުރުން އެތަކެތި ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމާއި ސީ.ސީ.ޓީވީ ކެމެރާއާއި އަދި އެތަކެތީގެ ރެކޯޑްސް ބެލެހެއްޓުން.

-  ކޯޕަރޭޝަންގެ ފަރާތުން ހިންގާ ކަންތައްތަކާއި އަތޮޅުތެރޭގައި މިކޯޕަރޭޝަންގެ ފަރާތުން އައި.ޓީ ސަޕޯޓް ދޭންޖެހޭ ރަށްރަށަށް ސަޕޯޓް ދިނުމުގެ އިތުރަށް އެރަށަކަށް ދާންޖެހިއްޖެ ޙާލަތެއްގައި އެރަށަކަށް ގޮސް މަސައްކަތްކުރުން.

ސުންގަޑި:

-  މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

-   ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮގަސްޓް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                         07 މުޙައްރަމް 1445 
25 ޖުލައި 2023
ހޯދާ