ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2023/25 :ނަންބަރު
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯޝަނަލް ބޭނުންތަކަށް ކުދި ވީޑިއޯ ކްލިޕް 1 (އެއް) އަހަރު ދުވަހުގެ މުއްދަތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޯގަސްޓް 02 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ)އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2023 އޯގަސްޓް 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
07 މުހައްރަމް 1445ހ.