ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: ME305/305/2015/4-ފIUL)305)ފ(12 ޖަނަވަރީ 2015) އިޢުލާނަށް އިޖާބަ ދެއްވާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާނު ކުރަމެވެ.
ރ. މާކުރަތުން ގެވަޅު ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގެ ތެރެއިން 01 ވަނަ ސަރަޙައްދުގައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ. ގެވަޅު ދޫކުރާ 01 ވަނަ ސަރަޙައްދަކީ ރ. މާކުރަތު "އަދަ" އެވެ ކިޔާ ގޯތީގެ ހުޅަނގުން 08 ގޯތި، ރ. މާކުރަތު "އަދަ" އެވެ ކިޔާ ގޯއްޗާއި "ދޯދި" އެވެ ކިޔާ ގޯތި ހިމެނޭ ބްލޮކުން 04 ގޯތި އަދި ރ. މާކުރަތު "ނިރު" އެވެ ކިޔާ ގޯތީގެ ހުޅަނގު ބްލޮކުން 08 ގޯއްޗެވެ.
ވީމާ، މިސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިޔަކު ވާނަމަ 16 ފެބުރުއަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 ރަބީޢުލްއާޚިރު 1436