މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިހާރު ޢަމަލުކުރަމުންދާ "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު" ގެދަށުން ދިވެހިރާއްޖެއަށް ޢިމާރާތް ކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް ދޫކުރަމުންދާ މެޓީރިއަލް ކޮލިޓީ ޕާރމިޓް ދޫކުރުން މިނިވަން ދުވަހުގެ ބަންދަށް މެދުކެނޑޭނެކަން ހުއްދަ ހޯދާ ފަރާތްތަކަށް އެންގުން.

ޢިމާރާތް ކުރުމުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު"(2019/R-1017) ގެ ދަށުން މިހާރު މިމިނިސްޓްރީއިން ދޫކުރަމުންދާ ކޮންސްޓްރަކްޝަން މެޓީރިއަލް ކޮލިޓީ ޕާރމިޓް (ޕްރޮޑަކްޓް އެޕްރޫވަލް ސެޓްފިކެޓް) ދޫކުރުމުގެ އެންމެހާ ކަންކަން ކުރިއަށް އޮތް މިނިވަންދުވަހުގެ ބަންދު ދުވަސްތަކުގައި (26 ޖުލައި 2023 އިން ފެށިގެން 29 ޖުލައި 2023 އަށް) މެދުކެނޑޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ހުށަހަޅުއްވާ އެޕްލިކޭޝަންތަކާއި، 26 ޖުލައި 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލާ ހުއްދަދިނުމުގެ ކަންކަން ކުރިއަށް ދާނީ ރަސްމީ ބަންދު ދުވަސްތައް ނިމުމުން، 30 ޖުލައި 2023 އިން ފެށިގެން ކަމުގައިވެސް ދަންނަވަމެވެ. ވީމާ މިކަން ޕާރމިޓް ހޯއްދަވަން ހުށަހަޅުއްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ހުއްދަ ހޯދުމަށް މިމިނިސްޓްރީއަށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް މިހާރު ހުށަހަޅުއްވާނީ ވަންގަވް (OneGov) ޕޯޓަލް މެދުވެރިކޮށް ކަމުގައި ހަނދާން ކޮށްދެމެވެ.

25 ޖުލައި 2023
ހޯދާ