ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ އާންމު ރައްޔިތުން ތަމްސީލުކުރާ މެންބަރުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމާގުޅޭ

ތިލަދުންމަތީ ދެކުނުބުރީ ފިނޭގެ ޓޫރިޒަމް ޒޯނުން ބިންދޫކުރުމަށާއި، ދިގުމުއްދަތަށް އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ ގުޅޭ އުސޫލު އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ތެރެއިން ކޮމިޓީއެއް އުފެއްދުމަށް 18 ޖުލައި 2023 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 4 ވަނަ ދައުރުގެ 94 ވަނަ ޖަލްސާއިން ނިންމާފައިވާތީ، އެ ކޮމިޓީއަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ހދ. ފިނޭ ރައްވެހިންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ގޫގުލް ފޯމް ހުށައެޅުއްވުން އެދެމެވެ.

ގޫގުލް ފޯމް ލިންކް:  https://forms.gle/15DMekkNsTtH9QXw5

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

23 ޖުލައި 2023
ހޯދާ