ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިލައުތުރު ފުޓްސަލް މުބާރާތް - 2023 " ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި އަތޮޅުގެ ދެ ބިތަށް ބަހާލައިގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2023" ނަމުގައި ފުޓްސަލް މުބާރާތެއް 2023 ނޮވެންބަރު 03 ވަނަ ދުވަހު  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މި މުބާރާތުގައި އަތޮޅުގެ 2 ބިތުން މުބާރާތް ހޯސްޓްކުރަން ބޭނުންވާ ދެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.  

މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، މުބާރާތް ހޯސްޓްކުރުމަށް އެދޭ ފޯމާއި ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، 2023 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ 14:00 ކުރިން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]  އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  އަދި އަތޮޅުގެ ދެބިތުގައި މުބާރާތް ބާއްވާނީ ކޮންމެ ބިތަކުން 04 ޓީމަށްވުރެ އިތުރަށް މުބާރާތުގައި ބައިވެރިވާނަމައެވެ. މި މުބާރާތުގައި ހޯސްޓްކުރާނެ ރަށްތައް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އިވަލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖުލައި 2023
ހޯދާ