ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލަށް ދެ ސާވަރ ހޯދުން:
މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ދެ ސާވަރ ހޯދުމަށް ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: IUL) 425-CB/1/2014/237)ފ(22 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯޒަލްގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުމަށް |
17 ފެބުރުވަރީ 2015 |
އަންގާރަ |
14:00 |
މާލޭ ސިޓީ ހޯލް |
އަގު ހުށަހެޅުއްވުމަށް |
23 ފެބުރުވަރީ 2015 |
ހޯމަ |
11:30 |
މާލޭ ސިޓީ ހޯލް |
ބިޑް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
20 ރަބީޢުލްއާޚިރު 1436