ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ފީނަން ބޭނުންކުރާ ސްކޫބާޕްރޯ ބޮޔެންސީ ކޮމްޕެންސޭޓަރ ޑިވައިސް (ބީ.ސީ.ޑީ) އަދި ރެގިއުލޭޓަރސް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު (IUL)30-C/30/2023/146 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:00 އަށް |
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، ހ.މޫންލައިޓް ހިގުން، |
އަންދާސީ ހިސާބު ހުށަހެޅުން |
06 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3339282 ، 3322242 އަދި 3028704 ނަންބަރު ފޯނަށެވެ.